ޚަބަރު

ރަށްރަށުގައި ދެން އިމާރާތް ކުރާނީ ރާވާ އިންޖީނުގެތަކެއް- ފެނަކަ


އިންޖީނުގެ ރާނައިގެން އެޅުމުގެ ބަދަލުގައި ފެނަކައިން ކުރިޔަށް އޮތްތާންގައި އިންޖީނުގެތައް އިމާރާތް ކުރަމަށް ރާއްވާފައިވަނީ ރާއްވާލެވޭ ގޮތަށް ހަދާ ޕަވަރ ހައުސްތަކެއްގެ ގޮތުގައިކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިމާލް ވިދާޅުވީ އިންޖީނުގެ އިމާރާތް ކުރުމަށްޓަކައި ލޯކަލް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތް އޭގެ އެންމެ އެދެވޭ ގޮތުގައި ކުރިޔަށްނުދާކަމަށެވެ.

" ފާއިތުވި ދުވަސްތަކުގެ ތަޖުރިބާއަށް ބަލައި ލޯކަލް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތް އެންމެ އެކަށީގެންވާ ސްޕީޑްގައި ކުރިޔަށް ނުދޭ." ނިމާލް ވިދާޅުވި.

48 ރަށެއްގައި ތަފާތު 4 ކެޓަގަރީތަކުގެ އިންޖީނުގެތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ނިމާލު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެތައް އެޅުމަށްޓަކައި އިއުލާން ކުރެވޭނެކަމަށް ނިމާލް ވިދާޅުވިއެވެ.

ގދ ތިނަދޫގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅުގެން އެރަށުގެ އިންޖީނުގެ ތަޅާލައި އާއިމާރާތެއް އެޅުމަށް އިއުލާންކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. ކުރިޔަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ތިނަދޫ އިންޖީނުގެ އެޅިގެންދާނެކަމަށް ވެސް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.