ވިޔަފާރި

ހުޅުމާލެ ފެރީޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި


އެމް.ޓީ.ސީ.ސީން ހުޅުމާލެ ފެރީޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށީ ހުޅުމާލެއަށް ޕްރިމިއަމް ފެރީގެ ޚިދުމަތް ފެށުމާއެކު އެ ފެރީން ދަތުރުކުރާ ފަރާތްތަކަށް ޚާއްޞަކޮށް ވަކި ބައެއް އެ ޓާރމިނަލްގައި ހެދުމާ ގުޅިގެން، އާދައިގެ ފެރީތަކުގައި ދަތުރުކުރާ ފަރާތްތައް ޓަރމިނަލްގައި މަޑުކުރާނެ ޖާގަކުޑަވުމާ ގުޅިގެން ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

ހުޅުމާލެ ޓާރމިނަލްގެ ޖާގަ އިތުރުވުމާއެކު ކާގޯ ޚިދުމަތް ހޯދާ ފަރާތްތަކުން ގެންނަ މުދާ ބަހައްޓާނެ ޖާގައާއި ސައިކަލްތަކުގައި ފެރީން ދަތުރުކުރާ ފަރާތްތަކަށް ހިޔާވާނެ ޖާގަ ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން މާލެއާއި ވިލިނގިލިއްޔާ ދެމެދު ދަތުރުކުރުމަށް ބަންނަ ފެރީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިއަހަރުގެ ފަހުކޮޅު އެ ފެރީގެ ޚިދުމަތްވެސް ދެވިގެންދާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. އެ ކުންފުނިން މިހާރު މާލެއާއި ވިލިނގިއްޔަށް ދަތުރުކުރާ ފެރީތަކަކީ ކުއްޔަށް ހިފާފައިވާ ފެރީތަކެއްކަމަށް އެ ކުންފުނިން ބުނެއެވެ.

އެމް.ޓީ.ސީ.ސީން މިހާރު ބޭނުންކުރާ ފެރީތަކަކީ ސަތޭކައާއި ސަތޭކަ ފަންސަވީސް، ފަސިންޖަރުންގެ ޖާގަހިމެނޭ ފެރީތަކެކެވެ.