ވިޔަފާރި

ފަރުމާ ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުއްވާލައްވައިފި


ޒުވާނުންނަށް އެމީހުންގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށްޓަކައި ބާއްވަވާ "ފަރުމާ ފެސްޓިވަލުގައި" ބައިވެރިވުމުގެ ފުރުސަތު ހުޅުއްވާލައްވައިފިއެވެ.

މިއީ ޔޫތު މިނިސްޓްރީން އިންތިޒާމްކުރައްވާ ފެއަރއެކެވެ. ފަރުމާ- ޔޫތު އާރޓް އެންޑް އިނޮވޭޝަން ފެއަރ 2016' ގެ ނަމުގައި ބާއްވަވާ މި ފެއަރއަކީ ޒުވާނުންގެ ކިބައިގައި ހުރި ފަންނުވެރި ހުނަރާއި އެމީހުންގެ އުފެއްދުންތައް އާއްމުންނަށާއި ކުންފުނިތަކަށް ދައްކާލައި ފަންނުވެރިކަމުގެ ރޮނގުން ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ދޮރުތައް ހުޅުވާލަދެއްވުމަށް ބާއްވަވާ ފެއަރއެކެވެ. އަދި  ޒުވާނުންގެ އެކި އުފެއްދުންތައް މާރކެޓްކޮށް، ވިއްކުމުގެ ފުރުޞަތު ފަހިކޮށްދެއްވުންވެސް މި ފެއަރ ބޭއްވެވުމުގެ މަޤްސަދު ތެރޭގައި ހިމެނެއެވެ.

މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭމަހުގެ 24 ވަނަ ދުވަހުން ފެށިގެން 28ވަނަ ދުވަހުގެ ނިޔަލަށެވެ. ޔޫތު މިނިސްޓްރީންވަނީ މިފެއަރގައި ބައިވެރެވުމުގެ ފުރުޞަތު މޭމަހުގެ 2 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލައްވާފައެވެ.