ކުޅިވަރު

5.1މިލިއަން ރުފިޔާގެ ބަޖެޓެއް ވޮލީ އެސޯސިއޭޝަންއިން ފާސްކޮށްފި.


މިއަހަރު ވޮލީ ބޯލް އެސޯސިއޭޝަންގެ ބަޖެޓްގެ ގޮތުގައި 5.1ކެއް މިލިއަން ރުފިޔާ ފާސްކޮށްފިއެވެ. 

މިބަޖެޓް ފާސްކޮށްފައިވަނީ ނިމިގެންދިޔަ ވޮލީ ބޯލް އެސޯސިއޭޝަންގެ އިންތިޙާބީ ޖަލްްސާގައެވެ. ބަޖެޓް ފާސްވެގެން ގޮސްފައިވަނީ ޖަލްސާގައި ބައިވެރި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. 5.1 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، އެސޯސިއޭޝަންގެ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 5.4މިލިއަން ރުފިޔާއެވެ. 

އެސޯސިއޭޝަންއަށް ލިބޭނެކަމަށް ލާފަކޮށްފައިވާ އާންދަނީގެ ތެރޭގައި ސަރުކާރުންދޭ 2.5 މިލިއަން ރުފިޔާ އާއި ބައިނަލަގްވާމީ މުބާރާތްތަކުގައި ބައިވެރިވުމާ މުބާރާތްތަކަށް ތައްޔާރުވުމަށް ދޭ 2.3މިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ސްޕޮންސަރޝިޕް ފީގެ ގޮތުގައި 425،000 (ހަތަރުލައްކަ ފަންސަވީސް ހާސް) ރުފިޔާ އަދި ރިސޯޓް މުބާރާތްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ފީއާ، ކުލަބްތަކުން އަހަރީ ފީގެ ގޮތުގައި ދައްކާ 246،000 (ދެލައްކަ ސާޅީސް ހަ ހާސް) ރުފިޔާ ހިމެނެއެވެެ.

ބަޖެޓްގައި ހިމަނާފައިވާ ހަތަރުތަކަށް ބަލާލާއިރު:

 ވީއޭއެމް ކަލަންޑަރުގައި ހުރި މުބާރާތްތަށް ހިންގުމަށް 925،000ރުފިޔާ

 ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް 269،000ރުފިޔާ

 ޓެކްނިކަލް ޑިވޮލޮޕްމަންޓަށް 203،088 ރުފިޔާ

 ބައިނަލްއަޤްވާމީ މުބާރާތުގައި ބައިވެރިވުމަށް 2.8މިލިއަން ރުފިޔާ

 އިދާރީ ކަންތަށްތަށް ހިންގުމަށް 856،365 ރުފިޔާ އެވެ.