ކުޅިވަރު

އިންޓަރ ސްކޫލް ބެޑްމިންޓަން ޓީމް އިވެންޓްގެ ފައިނަލް


img:http://s1.psmnews.mv/images/660x400/14585525255331.jpg|އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ތެރެއިން (ފޮޓޯ:ޕީއެސްއެމް-ވަހީދު) 14ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓް ބައިގެ ފައިނަލްގައި ވާދަކުރާ ޓީމްތައް ޔަޤީންވެއްޖެއެވެ. 

19 އަހަރުން ދަށުގެ އަންހެންބައިގެ ފައިނަލްގައި ވާދަކުރާނީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ސީއެޗްއެސްއީއެވެ. ފިރިހެންބައިގައި ވާދަކުރާނީ ބ.އަތޮޅު ތަޢުލީމީ މަރުކަޒާ ސީއެޗްއެސްއީއެވެ. 14 އަހަރުން ދަށުގެ ފިރިހެންބައިގެ ފައިނަލްގައި ވާދަކުރާނީ ބ.އަތޮޅު ތަޢުލީމީ މަރުކަޒާ ނ.އަތޮޅު ހޮޅުދޫ މޭނާ ސްކޫލްއެވެ. މިއުމުރުފުރާގެ އަންހެންބައިގައި ވާދަކުރާނީ ކެޔޮދޫ ސްކޫލާ މުލަކު އަތޮޅު ތަޢުލީމީ މަރުކަޒެވެ. 

16 އަހަރުންދަށުގެ ފިރިހެންބައިގައި ވާދަކުރާނީ މޭނާ ސްކޫލްއާ މ.އަތޮޅު ތަޢުލީމީ މަރުކަޒުއެވެ. އަދި އަންހެންބައިގައި ވާދަކުރާނީ ކެޔޮދޫ ސްކޫލާ މ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ޓީމް އިވެންޓްގެ ފައިނަލް މިއަދު ހަތަރަކުން ފެށިގެން މިރޭ އަށެއް ޖަހަންދެން ކުރިއަށްދާނެއެވެ.

މިމުބާރާތުގެ އޯޕަންސްބައިގެ މެޗްތަށް މާދަމާއިން ފެށިގެން ކުރިއަށްދާނެއެވެ. ބެޑްމިންޓަން އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި އޯޕަންބައިގައި ކުރިއަށްދާނީ 12 އަހަރުން ދަށެވެ، 14 އަހަރުން ދަށާ 19 އަހަރުންދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްްސް ޑަބަލްސްއެވެ. މިބައިގައި 21 ސްކޫލަކުން 420 ކުޅުންތެރިން ވާދަކުރާއިރު، 531 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ.