ދުނިޔެ

ވެއްޓުނު ފްލައި ދުބާއީގެ ކަޅުފޮށި ފެނިއްޖެ


އިއްޔެ ރަޝިޔާއަށް ވެއްޓުނު ފްލައި ދުބާއި ފްލައިޓުގެ ކަޅު ފޮށި ފެނިއްޖެކަމަށް ރަޝިޔާގެ ތަހުޤީޤީ އިދާރާ އިން ބުނެފިއެވެ.  މިކަޅު ފޮށީގެ އެހީ ގައި ފްލައިޓް ވެއްޓުމަށް މެދުވެރިވި ސަބަބު ހޯދޭނެ ކަމަށް އެއިދާރާއިން ބުނެއެވެ. 

ރަޝިޔާގެ ކަމާބެހޭ އިދާރާތަކުންބުނަނީ ފްލައި ދުބާއި ފްލައިޓުގައި ދަތުރުކުރި މީހުންގެ ހަށިތައް ހޯދަމުންދާ ކަމަށެވެ .

ރޮސްޓޮވް އޮން ޑޮން އެއާޕޯޓަށް ޖައްސަން އުޅެނި ކޮށް ދިމާވި ޙާދިސާގައި ފްލައިޓުން ދަތުރުކުރި 62 މީހުން މަރުވެފައިވާ ކަމަށް ރަޝިޔާ އިން ބުނެއެވެ. މީހުން ހޯދުމުގެ މަސައްކަތަށާއި ޙާދިސާގެ ތަޙުޤީޤަށް އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ.

ފްލައިދުބާއީގެ ސީއީއޯ ޣައިޘް އަލް ޣައިޘް ވިދާޅުވީ ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބު ދެނެގަންނަން އަދި އަވަސް ކަމަށާއި ފުރިހަމަ ތަހުގީގަކަށް ބޭނުންވާ ކަމަށެވެ.