ޚަބަރު

ސިވިލް ކޯޓްގެ އިސް ޤާޟީ ނިމާލް އަވަހާރަވެއްޖެ


ސިވިލްކޯޓްގެ އިސް ޤާޟީ އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު އަވަހާރަވެއްޖެއެވެ. ނިމާލު އަވަހާރަވީ މެޔަށް ތަދަށް އަރައި ހޮޑުލެވެެތީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު އަވަހާރަވީ އުމުރުން 36 އަހަރުގައެވެ. އަޙްމަދު ނިމާލް ޖުނައިދު ޖަނާޒާ އޮޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުުގައެވެ.

ބެޗްލަރސް އޮފް ލޯ އިން ޝަރީއާ ފުރިހަމަކުރައްވާފައިވާ ނިމާލް ސިވިލްކޯޓްގެ ޤާޟީގެ މަގާމަށް ޢައްޔަންކުރެއްވީ 2022 ވަނަ އަހަރުގެ މާޗްމަހުއެވެ.
އޭގެ ފަހުން ސިވިލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ އަލީ، ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވުމުން އެ ކޯޓު ހިންގުން ވަގުތީ ގޮތުން އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދާ ހަވާލުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 22 ވަނަދުވަހުއެވެ.

ސިވިލްކޯޓްގެ އިސްޤާޟީގެ މަޤާމަށް ނިމާލު ޢައްޔަންކުރައްވައި ފަތްކޮޅު ދެއްވައިފައިވަނީ މި އަހަރުގެ މޭމަހުގެ09 ވަނަދުވަހުއެވެ.