ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ


  • ގެއްލިގެން ހޯދަމުންދިޔައީ ޢުމުރުން 21 އަހަރުގެ ޒުވާނެއް

  • އޭނާ ގެއްލިގެން ޢާއިލާއިން ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހު

  • ހޯދަމުން ދާކަމުގެ މަޢުލޫމާތު ލިބިގެން އޭނާ އަމިއްލައަށްވަނީ ކަމާބެހޭ ފަރާތްތަކަށް ގުޅާފައި

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއްވެ.

ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔައީ އއ.މާޅޮހަށް އުފަން ޢަލީ ރިޝާންއެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އަމިއްލައަށް ގުޅާ ޙާލު އޮޅުންފިލުވައިދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ ޙާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އއ.މާޅޮސް ހުސްނޫވިލާ އުމުރުން 21 އަހަރުގެ ޢަލީ ރިޝާން ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ޢާއިލާއިން ކޮށްފައިވަނީ މިދިޔަ ހުކުރުދުވަހުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި އޭނާގެ ޚަބަރެއް ނުވާކަމަށް ޢާއިލާއިން ބުނެއެވެ.