ޚަބަރު

21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަމުން ދަނީ އއ.މާޅޮހަށް އުފަން އަލީ ރިޝާން

  • ރިޝާން ދިރިއުޅެމުން އަންނަނީ މާލޭގައި

  • އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިން

މާލެއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ އއ. މާޅޮސް، ހުސްނޫވިލާ އުމުރުން 21 އަހަރުގެ އަލީ ރިޝާން ކިޔާ ޒުވާނެކެވެ. ފުލުހުން ވިދާޅުވީ އަލީ ރިޝާން ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށާއި އެނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އާޢިލާއާ ހަވާލާދީ ފުލުހުން ވިދާޅުވީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށެވެ.

ފުލުހުން ވަނީ ޢަލީ ރިޝާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.