ޚަބަރު

ބްރެޒިލްގައި މަތިންދާބޯޓެއް ވެއްޓި 14 މީހުން މަރުވެއްޖެ


ބްރެޒިލްގައި ކުޑަ މަތިންދާބޯޓެއް ވެއްޓި 14 މީހުން މަރުވެއްޖެއެވެ. މަތިންދާބޯޓު ވެއްޓިފައި ވަނީ އެމެޒޯން ޖަންގަލީގެ ސަރަޙައްދަކަށެވެ. މަތިންދާބޯޓު ވެއްޓިފައި ވަނީ އެމެޒޯނަސް ސްޓޭޓްގެ ވެރިރަށް މަނައުސްއިން ބަރްސޭލުސްއަށް ދަތުރު ކުރި މަގުމަތީގައެވެ. އެއީ 400 ކިލޯމީޓަރުގެ ދިގު ދަތުރެކެވެ.

މަތިންދާބޯޓު ވެއްޓިފައި ވަނީ ބަރްސޭލޯސްގައި ޖައްސަން އުޅުމުގެ ތެރޭގައި އެ ރަށުގެ ޖަންގަލީގެ ސަރަޙައްދަކަށް ކަމުގައި ބްރެޒިލްގެ އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާ ހިނގި ވަގުތު މަތިންދާބޯޓުގައި ތިބީ 12 ފަސިންޖަރުންނާއި ދެ ފަޅުވެރިންނެވެ. މި އެންމެން ވެސް މި ހާދިސާގައި ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކުން މިހާރު ތަހުޤީޤު ކުރަން ފަށާފައިވާ ކަމުގައި ބްރެޒިލްގެ ސަރުކާރުން ބުނެއެވެ.

އެމެޒޯނަސްގެ ސަލާމަތާ ބެހޭ ސެކްރެޓަރީ ވިނީސިޔޫ އަލްމޭއިދާ ވިދާޅުވީ، މަތިންދާބޯޓު ވެއްޓިފައި ވަނީ ބަރްސޭލުސްގެ ވައިގެ ބަނދަރުގެ ރަންވޭގައި ޖެއްސުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމުގައެވެ. އަދި، ބޯޓު ޖައްސަން މަސައްކަތް ކުރި ވަގުތީ ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ވެއްޓިފައިވާ މަތިންދާބޯޓަކީ ބްރެޒިލްގެ ކުންފުންޏެއް ކަމުގައިވާ އެމްބްރަޔަރް ކުންފުނިން އުފައްދާފައިވާ އީ.އެމް.ބީ-110 މަރުކާގެ މަތިންދާބޯޓެކެވެ. އެއީ، ސަލާމަތީ ސެޓްފިކެޓުތައް ފުރިހަމަ އުޅަނދެއް ކަމަށާއި، އެ އުޅަނދު ދުއްވަން ތިބީ ތަޖުރިބާކާރު ދެ ޕައިލެޓުން ކަމުގައި މަތިންދާބޯޓު އޮޕަރޭޓްކުރާ މަނައުސް އޭރޯޓެކްސީ ކުންފުނިން ބުންޏެވެ.

މި ހާދިސާގައި މަރުވެފައިވާ ޢާންމުންގެ 12 މީހުންނަކީ ވެސް ރަޙުމަތްތެރިންތަކެއް ކަމުގައި ބަރްސޭލުސްގެ އޮފިޝަލުން ވިދާޅުވިއެވެ. އެ މީހުންގެ ހަށިތައް މިހާރު ވަނީ މަނައުސްއަށް ގެންގޮސްފައެވެ. ބަރްސޭލުސްއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އަދި، ސެޕްޓެންބަރު މަހަކީ އެ ރަށަށް އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަސް ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.