ޚަބަރު

ހުޅުމާލެއިން ގެއްލުނު މީހާ ފެނިއްޖެ، ޙާލު ރަނގަޅު


  • އޭނާ ފެނުނީ މާލެއިން މިއަދު 16:40 އެހާކަންހާއިރު

  • މާހިރުގެ ހާލު ރަނގަޅު

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހާ ފެނިއްޖެއެވެ.

ރޭ ދަންވަރު ގެއްލިގެން ހޯދަމުންދިޔައީ ހއ. ދިއްދޫ / ގުލްފާމްގެ، އުމުރުން 50 އަހަރުގެ އިސްމާއީލް މާހިރުއެވެ. ފުލުހުން ވިދާޅުވީ އިސްމާއީލް މާހިރު މިއަދު 16:40 އެހަކަންހާއިރު މާލެއިން ފެނިފައިވާކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މާހިރު ގެއްލިގެން ފުލުހުން ހޯދަން ފެށީ އިއްޔެ ހުކުރަށްދާން ގެއިން ނުކުތް ފަހުން އޭނާގެ ޚަބަރެއް ނުވެގެންނެވެ.