ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހއ. ދިއްދޫ / ގުލްފާމްގެ، އިސްމާއީލް މާހިރު (50އ)ކަމަށެވެ. އޭނާ ދިރިއުޅެމުން ދިޔައީ ސްޓެލްކޯ ޓަވަރު، ހުޅުމާލެ ފޭސް 2ގައިކަމަށް ފުލުހުން ވިދާޅުވިއެވެ.
އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު ދަންވަރު 1:08 ހާއިރުކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ ހުކުރަށްދާން ގެއިން ނުކުތް ފަހުން އޭނާގެ ޚަބަރެއް ނުވާކަމަށާއި، އޭރު ލައިގެންހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.
އިސްމާއީލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.