ޚަބަރު

ކުޑަކުއްޖަކު ބެލްކަންޏެއްގައި އެކަހެރިކޮށް ތަޅުލި މައްސަލައެއް ކަމާބެހޭ ފަރާތްތަކުން ބަލަނީ


  • މިފަދަ ވީޑިއޯތައް މީސް މީޑިއާގައި ދައުރުކުރުމުން އެކުދިންގެ ކަރާމާތަށް ނުސީދާގޮތުން އަސަރުކުރާނެ

  • މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ކަމާގުޅުން ހުރި އިދާރާތަކަށް ރިޕޯޓުކުރުމަށް އެޗްއާރްސީއެމުން އެދޭ

ހިޔާ ފްލެޓެއްގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލާފައި ހުރި މައްސަލައެއް ކަމާބހޭ އިދާރާތަކުން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ހާމަކުރައްވައިފިއެވެ.

ހިޔާ ފްލެޓެއްގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލާފައި ހުރި ވީޑިއޯއެއް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މިވީޑިއޯގައި ފްލެޓް ތެރެއަށް އެކުއްޖާ ވަންނަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ.

މިމައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ބުނީ ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓެއްގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލާފައިވާ މަައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ.

އެޗްއާރްސީއެމުން ވިދާޅުވީ ކުޑަކުދިންނާއި ގުޅޭ މިފަދަ ވީޑިއޯތައް މީސް މީޑިއާގައި ދައުރުކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް ނުސީދާގޮތުން އަސަރުކޮށްފާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ވީޑިއޯތައް މީސް މީޑިއާގައި ހިއްސާ ނުކުރުމަށް އެޗްއާރްސީއެމުންވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ކަމާގުޅުން ހުރި އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް އެޗްއާރްސީއެމުންވަނީ އެދިވަޑައިގެންފައެވެ.