ކުޅިވަރު

ފީވަކު ޔޫތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފި


ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ށ. ފީވަކު ޔޫތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ފީވަކު ޔޫތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފަވަނީ ލައިކަންސް އިންވެސްޓްމަންޓާއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު މުޙައްމަދެވެ. އަދި ލައިކަންސް އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ އަބްދުﷲ ކަލީމެވެ.

ފީވަކު ޔޫތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފަވަނީ މަސައްކަތް ފަށާތާ 110 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢަކީ ކުޅިވަރާ ބެހޭ ވުޒާރައިގެ ބަޖެޓުން ހަތަރު މިލިޔަން ހަތަރު ލައްކަ އަށާރަހާސް އެއްސަތޭކަ ނުވަދިހަ ފަސް ރުފިޔާ ހަތް ލާރި ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢެކެވެ.