ސްކޭޓް ކުރުމަކީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިކަމަށް ވާނަ އެހެން ކުޅިވަރުތަކާ އަޅާ ބަލާއިރު ސޭފް ކުޅިވަރެއް ކަމަށް ރާއްޖޭގެ އިންލައިން ސްކޭޓް އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.
ޓީވީއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ އެސޯސިއޭޝަނުގެ ނައިބު ރައީސް ހަސަން ސައީދު ވިދާޅުވީ ރާއްޖެއިން މިހާރު މަސައްކަތް ކުރަމުން ދަނީ ރަސްމީ ސިފައެއްގައި މި ކުޅިވަރު ތައާރަފްކޮށް ކުރިއަރުވަން ކަމަށެވެ. މިދޔައަހަރު އުފެއްދި އެސޯސިއޭޝަންގެ ނައިބް ރައީސް ވިދާޅުވީ ރަސްމީ ސިފަ ޖެހިގެން ނޫންގޮތަކަށް އިތުރަށް ތަރައްގީކޮށް ކުރިޔަށް ނުދެވޭނެތީވެ އެކަމަށް ފޯކަސްކޮއްގެން ހަރަކާތްތަށް ފެށީކަމަށެވެ.
ހަސަން ވިދާޅުވީ ރާއްޖޭގައި އެކު އުމުރުފުރާތަކުގެ ފަރާތްތަކުން މި ކުޅިވަރުގެ ޝައުގު އުފެދި މި ހަރަކާތުގައި ބައިވެރިވާކަމަށެވެ. ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ބަލާއިރު ހުރި ގޮންޖެހުންތަކުގެ ތަފްސީ ދެއްވަމުން ހަސަން ވިދާޅުވީ ރާއްޖޭގައި ސްކޭޓް ކުރާނެ ބޫޓް ލިބެން ނެތުމާއި ރައްކާތެރިވުމަށް އަޅާ އެކި ބާވަތްތަކުގައި ސޭފްޓީ ގާޑް މިވަގުތަށް ލިބެން ނެތުން އެއީ އެންމެ އުނދަގޫ އެއްކަންތައް ކަމަށެވެ. މި ކުޅިވަރުގައި ބޭނުންވާ ވަރަށް ކުރިޔަށްދާން އެންމެ ބޮޑު ހުރަހަކީ ސްކޭޓް ކުރާނެ ރިންގެއް ނުވަތަ ޕާކެއް ނެތުން ކަން ހަސަން ވަނީ ޕްރޮގްރާމްގަ ފާހަގަކޮއްފައެވެ. މި ހުރިހާ ކަމަކަށް ހައްލު ހޯދުމަށް މިދިޔަ އަހަރު އުފެއްދި އޯސިއޭޝަނާގު ހަރަކާތްތަކަށް ރަސްމީ އޮފީހެއްގެ މުހިންމު ކަން ވެސް ހަސަން ވަނީ ފާހަގަކޮއްފައެވެ.
"ސްކޭޓް ކުރާ ކުދިންގެ ޕޭރެންޓުން ދުވަހުން ދުވަހަށް ދިޔައީ ގިނަވަމުން، ދާއިރު އެއް އެބައަދާ ތަފާތު ޗެލެންޖެއްތަކެއް، އެންމެ މުހުންމު ކަމަކީ ސްކޭޓް ކުރާނެ ޕާކެއެް ނެތުން، އެހެންވެ ޕްރޮފެޝެނަލް ބޮޑީއެއް އުފައްދަން އެންމެ އެއްބަސްވީ.ހަސަން ސައީދު - އިންލައިން ސްކޭޓް އެސޯސިއޭޝަނުގެ ނައިބު ރައީސް
މި މަހުގެ ތެރޭގައި ސްކޭޓްގެ ލޯކަލް މުބާރާތެއް ބޭއްވުމަށް ފަހު ހޮވާލެވޭ ކުދިން އަންނަ ނޮވެންބަރު މަހު އިންޑިޔާގެ މުމްބާއީގަ އޮންނަ އިންޑުއުރަން އިންޓަނޭޝަނަލް ޗެލެންޖުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެސޯސިއޭޝަނުގެ ހަރަކާތްތަކުގައި މިވުތު އެންމެ ބޮޑު އެއްބާރުލުމެއް ލިބިގެންދަނީ ބެލެނެވެރިނާއި ޔޫތް މިނިސްޓްރީން ކަން އިންލައިން ސްލޭޓުން ފާހަގަކުރެއެވެ. ފަހުގެ ތާރީހެއްގައި ރާއްޖޭގައި ސްކޭޓް ކުރުމުގެ ހަރަކާތްތަފެށިފަ ވަނީ އެކަޑަމީއެއްގެ ސިފައިގަ 2013 ވަނައަހަރު އެވެ.