ޚަބަރު

މާދަމާގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ - މެޓް އޮފީސް


  • މާދަމާގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ

  • މެދުރާއްޖެތެރެއާއި އުތުރަށް ހެނދުނު ކޮންމެވެވަރަކަށް ކެރީގެ އަސަރު ފޯރާނެ

މާދަމާގެ މޫސުން އާއްމުގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ރަނގަޅުވާނެކަމަށް މޫސުމަބެހޭ ޤައުމީ އިދަރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މާދަމާ ހެނދުނު މެދުރާއްޖެތެރެ އަދި އުތުރަށް ކޮންމެވެސްވަރަކަށް ކެރީގެ އަސަރުކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކަނޑުތައްވެސް އާދައިގެވަރަކަށް މަޑުވާނެއެވެ. ނަމަވެސް ވިލާގަނޑުގައި ގަދަވާނެއެވެ. އާއްމުކޮށް ވައި ޖެހޭނީ 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ. ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރުވެސް ކެރީގެ އަސަރުކޮށްފައިވަނީ، މާލެ ސަރަޙައްދާއި އުތުރުގެ ބައެއް އަތޮޅުތަކަށެވެ. އެންމެ ބޮޑަށް ވާރޭވެހިފައިވާކަމަށް ރެކޯޑްކޮށްފައިވަނީ ވ .ރަކީދުއަށެވެ. އެއީ 79 މިލިމީޓަރުގެ ވާރެއެވެ.