ޚަބަރު

ޖަރާސީމަކުން ތަޣައްޔަރުވުމުގެ ފުރުޞަތު އޮތް ޗީޒެއް ރާއްޖެ އެތެރެވެފައިވާތީ ސަމާލުވާން އަންގައިފި


  • މި ޗީޒަކީ ޖަރުމަނުގެ އުފެއްދުމެއް

  • ޗީޒް ވިއްކުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައި

ޖަރާސީމަކުން ތަޣައްޔަރުވުމުގެ ފުރުޞަތު އޮތް ޗީޒެއް ރާއްޖެ އެތެރެވެފައިވާތީ، އެބާވަތުގެ ޗީޒް ވިއްކުމާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

"ކެމޮމްބެއަރ" ނަންދީފައިވާ މި ޗީޒަކީ ފަރަންސޭސިވިލާތުގެ އުފެއްދުމެވެ. މިޗީޒްގައި އެކުލެވެނީ "ލިސްޓީރިއާ މޮނޮސައިޓޯޖެނީސް"ކިޔާ ޖަރާސީމެކެވެ.

އެފްޑީއޭއިން ބުނީ ތަޣައްޔަރުވެފައިވާ ޗީޒް ރާއްޖެއަށް އެތެރެވެފައިވާކަމުގެ މަޢުލޫމާތު ޔޫރަޕުގެ "ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް" އިން އަންގާފައިވާކަމަށެވެ. މި އެލަރޓްއާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެފްޑީއޭއިން ބުނެއެވެ.

މި ޕްރޮޑަކްޓަކީ މިމަހުގެ 11ވަނަ ދުވަހަށް މުއްދަތުވެސް ހަމަވާ ޕްރޮޑަކްޓެކެވެ. އެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިބާވަތުގެ ޗީޒް ވިއްކުމާއި، ބޭނުންކުރުން މަނާކޮށްފައެވެ.