ޚަބަރު

ކޯޕަރޭޓް ރަޖިސްޓަރސް ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ


ސިންގަޕޫރުގައި މިމަހުގެ 14 އިން 15 އަށް ބޭއްވި ކޯޕަރޭޓް ރަޖިސްޓަރސް ފޯރަމްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފޯރަމަކީ ޤައުމުތަކުގެ ވިޔަފާރިއާބެހޭ ރަސްމީ ބަލެނިވެރި ފަރާތްތައް ގުޅިގެން، ޤައުމުތަކުގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބޭއްވި ފޯރަމެކެވެ. އަދި ކޯޕަރޭޓް ރަޖިސްޓަރސް ފޯރަމް ނުވަތަ ސީއާރުއެފްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ވަނީ ހިމެނިފައެވެ. img:http://s2.psmnews.mv/images/660x400/14582188693918.jpg|ކޯރޕަރޭޓް ރެޖިސްޓަރސް ފޯރަމްގެ ބައިވެރިން -

ސީއާރްއެފްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ކޯޕަރޭޓް ބިޒްނަސް ރެޖިސްޓަރސްތަކަށް އަންނަ ކުރިއެރުންތައް ބަލައި، އެކަންކަން ދިރާސާކުރުން ހިމެނެއެވެ. އަދި ފޯރަމްގައި ހިމެނޭ މެމްބަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެ ފުރުޞަތުތައް ހޯދައިދިނުމަށް މަގުފަހިކޮށްދިނުމާއި، ކޯޕަރޭޓް ބިޒްނަސް ރެޖިސްޓްރޭޝަންތައް ހިންގުމުގައި މިހާރު ކުރެވިފައިވާ ތަޖުރިބާތަކާއި، ކަމާގުޅޭ އެންމެހައި، ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމާއެކު ކުރިޔަށް އޮތްތާގައި އެ ދާއިރާތައް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމުގެ މަޢުލޫމާތު ތަޖުރިބާގެ އަލީގައި ފޯރުކޮށްދިނުންވެސް ސީއާރްއެފް މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމާއި، ރެޖިސްޓްރޭޝަން ޕޯޓަލް ޕްރޮގްރާމަރ ނަޝްވާން ޝާހިދުއެވެ.