އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ތިންވަނަ މަޤާމު ދަމަހައްޓައިފިއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ސަސް އިން ކާމިިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ކުލަބާއި ޖެހިގެން ތާވަލުގެ ދެވަނައިގައި މާޒިޔާ އޮތްއިރު އެއްވަނައިގައި މިވަގުތު އޮތީ ކުލަބް އީގަލްސް އެވެ.
މެޗުގެ 30 ވަނަ މިނިޓުގައި ސަސް އިން ލީޑު ނެގީ އަހުމަދު ހަމީދު ކާމިޔާބުކުރި ގޯލުންނެވެ. ސަސްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކޮށްދިނީ އަތީގެވެ.
މި ލަނޑަށްފަހު ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޔޫވީގެ އުންމީދީ ފޯވާޑް ޝަނާން ރަޝާދަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މުޅި ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު ފޮނުވާލި ބޯޅަ ނެގީ ކީޕަރެވެ. މީގެއިތުރުން އަތީގަށް ލިބުނު ފުރުސަތުވެސް ފާހަގަކޮށްލެވެއެވެ.
މި މެޗަށްފަހު މި ދެ ޓީމުވެސް ލީގުގެ މެޗެއް ދެން ކުޅޭނީ ދެ މަހެއްހާ ދުވަހުގެ ބްރޭކަކަށްފަހު އެވެ. މިވަގުތު އެއްވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓް ހޯދާފައިވާ އީގަލްސް އެވެ. ދެވަނައިގައި މާޒިޔާ އޮތީ އަށް މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި ސަސް އޮތީ 10 މެޗުން 21 ޕޮއިންޓާއެކު އެވެ.