ޚަބަރު

ހުޅުމާލެއިން މީހަކު ގެއްލިގެން ފުލުހުން ހޯދަނީ


  • ގެއްލިގެން ފުލުހުން ހޯދަމުން އަންނަނީ ހއ. ބާރަށް / ސައިނިންގސްޓަރ، މުޙައްމަދު ތަޢުފީޤު

  • އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން

ހުޅުމާލެއިން މީހަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ފުލުހުން ހޯދަމުން އަންނަނީ ހއ. ބާރަށް / ސައިނިންގސްޓަރ، އުމުރުން 35 އަހަރުގެ މުޙައްމަދު ތަޢުފީޤުއެވެ.

ފުލުހުން ވިދާޅުވީ މުޙައްމަދު ތަޢުފީޤުގެ ޚަބަރެއްނުވެގެން އާއިލާއިން މިއަދު 01:35 ހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، އޮގަސްޓް 22 ވަނަ ދުވަހުގެ 11:00 ޖާހާ އެހާކަށްހާއިރު ކަމަށް ފުލުހުން ހާމަކުރައްވައެވެ. އަދި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށްވެސް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މުޙައްމަދު ތަޢުފީޤުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅާ މަޢުލޫމާތު ހިއްސާ ކުރުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.