ޚަބަރު

ހިމަންދޫ ސްކޫލުގައި ފަސްޓްއެއިޑް ޕްރޮގްރާމެއް ފަށައިފި


އއ.ހިމަންދޫ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް މާލޭ އޭރިއާއިން ބޭސިކް ފަސްޓްއެއިޑް ޕްރޮގްރާމެއް ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ހިމަންދޫ ސްކޫލުގެ ގުރޭޑް 8 އިން ފެށިގެން މަތީގެ ދަރިވަރުންނާއި، އެ ސްކޫލުގެ މުދައްރިސުން ވަނީ ބައިވެރިވެފައެވެ. ޖުމުލަ 29 ދަރިވަރަކު ބައިވެރިވާ މި ޕްރޮގްރާމްގައި، ފުރަތަމައެހީ ދޭންޖެހޭ އެކިއެކި ހާލަތްތަކުގައި، ނަފްސުގެ އިތުބާރާއެކު ފުރަތަމައެހީ ފުރިހަމަގޮތުގައި ފޯރުކޮށްދޭ ޤާބިލު ބަޔަކަށް ހެދުމަށް ތަމްރީނުތައް ދަނީ ފޯރުކޮށްދެމުންނެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިންނެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ހިމަންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، ހިމަންދޫ ރަށު ކައުންސިލް އިދާރާގެ މެންބަރުންނާއި ހިމަންދޫ ސްކޫލުގެ ޕްރިންސިޕަލް އާއި މުދައްރިސުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.