ކުޅިވަރު

ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި


8ވަނަ ދުންތަރި މަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަށައިފިއެވެ. 

މިމުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ރޭ ދިރާގާއި، ބީއެމްއެލް ބައްދަލުކުރި މެޗް ތިން ސެޓް އެއް ސެޓުން ކާމިޔާބުކުކޮށްފައިވަނީ ދިރާގެވެ. ފުރަތަމަ ޑިވިޝަންގައި ރޭ ކުޅެފައިވަނީވެސް މިމެޗް އެކަންޏެވެ. އަންހެން ޑިވިޝަންގައި ދިރާގާއި އެމްއޭސީއެލް ބައްދަލުކުރި މެޗް ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށްފައިވަނީ ދިރާގެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޝަންގައި ރޭވަނީ ފަސް މެޗް ކުޅެފައެވެ. ޖުމެއިރާއާ ޗައިނީސް އެމްބަސީ ބައްދަލުކުރި މެޗް ކާމިޔާބުކޮސްފައިވަނީ ޖުމެއިރާއެވެ. މަޖްލިސްއާ ދިރާގު ބައްދަލުކުރި މެޗް ކާމިޔާބުކޮށްފައިވަނީ ދިރާގެވެ. އެމްއޭސީއެލްއާ ކަސްޓަމްސް ބައްދަލުކުރި މެޗް ކާމިޔާބުކޮށްފައިވަނީ އެމްއޭސީއެލްއެވެ. ކުޑަ ބަނޑޮސްއާ އިންޑިއަން ހައިކޮމިޝަން ބައްދަލުކުރި މެޗް ކާމިޔާބުކޮށްފައިވަނީ ކުޑަ ބަނޑޮސްގެ ޓީމެވެ. އަދި އައިލެންޑް ވޯޓާރ ސްޕޯޓްސްއާ އޭޑީކޭ ބައްދަލުކުރި މެޗް ކާމިޔާބުކޮށްފައިވަނީ އޭޑިކޭ ހޮސްޕިޓަލްއެވެ.

މިމުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި ތިން ޓީމް ވާދަކޮށްފައިވާއިރު، އަންހެން ޑިވިޝަންގައި 13 ޓީމް ވާދަކޮށްފައިވެއެވެ.