ކުޅިވަރު

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް ހާނިމް ވާދަކުރަނީ


އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް މުހައްމަދު ހާނިމް ވާދަކުރައްވަން ނިންމަވައިފިއެވެ.

މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެތުލެޓިސް އެސޯސިއޭޝަން ރައީސްކަމަށް މުހައްމަދު ހާނިމް ކުރިމަތިލައްވާ ހާނިމްވަނީ މިއަދު ފޯމް ހުށަހަޅުއްވާފައެވެ. ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ހާނިމް ވިދާޅުވީ ކުރިއަށްއޮތް އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބްގައި ރައީސްކަމަށް ވާދަކުރެއްވީ ރާއްޖޭގެ އެތުލެޓިކްސްގެ ހާލަތު މިހާރަށް ވުރެއް ރަނގަޅު ކުރުމުގެ ވިސްނުމުގައިކަމަށާ އަދި ރާއްޖޭގެ އެތްލެޓިސް ކުރިއަރުވާ، އެތްލެޓިސް އެހެން ހަރުފަތަކަށް ގެންދިއުމުގެ އަޒުމްގައިކަމަށްވެސް ހާނިމް ވިދާޅުވިއެވެ.

 ހާނިމް ވިދާޅުވީ މިހާރުވެސް އެތްލެޓިސްގެ ހަރަކާތްތަށް ރާއްޖޭގައި ހިނގަމުންދަނީ ވަރަށް ހަރުދަނާކޮށްކަމަށެވެ. ނަމަވެސް މުޅި ރާއްޖޭގައި އެތުލެޓިސްގެ ހަރަކާތްތަށް އިތުރު ކުރަންޖެހިފައިވާކަމަށް ހާނިމް ވިދާޅުވިއެވެ. ކުރިއަށް އޮތް އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިޙާބްގައި ރައީސްކަމަށް ވާދަކުރަން ނިންމީވެސް މިހުރިހާކަމެއް ހަރުދަނާ ކުރުމުގެ ގަބިލްކަން ހުރިކަން ގަބޫލް ކުރާތީކަމަށްވެސް ހާނިމް ވިދާޅުވިއެވެ.

މިމަހުގެ ތިރީސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެތުލެޓިސް އެސޯސިއޭޝަން އިންތިހާބްގައި ހޮވުމަށް ހަމަޖެހިފައިވަނީ ރައީސް، ނައިބް ރައީސް، ޙަޒާންދާރު، އަންހެން މެންބަރެއްގެ އިތުރުން، އިތުރު ތިން މެންބަރުންނެވެ.