ޚަބަރު

ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 12 އަހަރު ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ގެއްލިގެން އައިލާއިން ހޯދަން ފަށާފައިވަނީ ރޭ އިރުއޮއްސި 06:00ގެ ފަހުން ބޭރަށް ދިޔަ ގޮތަށް ނައުމުންނެވެ. ފުލުހުން ވިދާޅުވީ މި ކުއްޖާ ގެއްލިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު އެކެއް ޖަހަނިކޮށްކަމަށެވެ.

ފުލުހުން ވިދާޅުވީ މި ކުއްޖާ ހޯދުމުގެ މަސައްކަތް އާއިލާއާއި ގުޅިގެން އެ އިދާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ.