ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން މައުސޫމް އިސްތިއުފާދެއްވިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޕާޓީން ވަކިވިކަން އިއުލާންކުރައްވަމުން މައުސޫމް ވަނީ ޖޭޕީގެ މެމްބަރުންނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ޝުކުރު އަދާކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން މައުސޫމް މިއަދު ވަކިވެވަޑައިގެންނެވިނަމަވެސް، އެ ޕާޓީގެ ހަރަކާތްތަކުން އޭނާ ފެނިވަޑައިނުގަންނަވާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށްވެސް އޭނާ ތާއީދުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މައުސޫމް ވަނީ ރައީސް ސާލިހަށް ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.
I have left Jumhooree Party (JP) at 1600Hrs today (7th Aug 2023).
— Abdulla Mausoom (@Mausoom_Maus) August 7, 2023
I wish to thank JP Leader Qasim Ibrahim, JP Leadership & Members for the close relationship during good-times and bad-times through my tenure in JP from 28.05.14 to 07.08.23 pic.twitter.com/7kt0lBYQZL
މައުސޫމްއަކީ މީގެކުރިން ޑީއާރުޕީގައިވެސް ހަރަކާތްތެެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.