ދުނިޔެ

ސައުޕައުލޯގައި ފެންބޮޑުވެ 16މީހުން މަރުވެއްޖެ


ބްރެޒިލްގެ ސައު ޕައުލޯގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާތަކެއްގައި 16 މީހުން މަރުވެއްޖެއެވެ.

ބްރެޒިލްގެ ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި ބްރެޒިލްގެ ސައު ޕައުލޯ އަދި އެސަރަހައްދުގެ ކައިރީގައި ވާ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑު ވުމުގެ ސަބަބުން އެކި އެކި ހާދިސާތަކުގައި މީހުން މަރުވެފައެވެ. 

އެސަރަހައްދުތަކުން ލިބެމުންދާ ބައެއް ވީޑިއޯތަކުން އާންމުންގެ މީހުން ފެންގަނޑު ބޮޑުވެފައިވާ ސަރަހައްދުތަކުގައި ފަތާފައި އުޅޭ މަންޒަރުތައް ދައްކުވައިދެއެވެ. މިސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ސައު ޕައުލޯގެ އެއްގަމާއި، ވައިގެ ދަތުރުތައްވެސް ވަނީ 6 ގަޑިއިރަށް  މެދުކެނޑިފައެވެ.