ޚަބަރު

އެމްއެޗް 370ގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެއް ތަޙުލީލްކުރަނީ


މެލޭޝިޔަން އެއަރލައިންގެ އެމްއެޗް 370 ގެ ބައެއް ކަމަށް ބެލެވޭ ބައި އިތުރު ތަހުލީލަށް މެލޭޝިޔާއަށް ގެންގޮސްފިއެވެ.



މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ލިއޯވް ޓިއޯންގް ލާއީ ވިދާޅުވެފައިވަނީ، މޮޒަމްބީކް ކައިރިއަށް ލައްގާފައި އޮއްވާ ފެނުނީ ގެއްލިފައިވާ އެމްއެޗް370 މަރުކާގެ ބޮއިން 777 ގެ ބޯޓެއްގެ ބައެއްކަމަށް ބެލެވޭކަމަށެވެ.

ދިގުމިނުގައި އެއް މީޓަރު ހުރި ބައި ފެނިފައިވަނީ މޮޒަމްބީކްގެ އައްސޭރި ފަށުގެ ވިލަންކުލޯ އަވަށްކައިރީގައި އޮންނަ ސަރަހައްދަކުންނެވެ. މޮޒަމްބީކުން ފެނުނު މަތިންދާ ބޯޓްގެ ބައި މެލޭޝިޔާއަށް ގެނައި ނަމަވެސް،އޭގެފަހުން އެބައި ފޮނުވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާއަށް ކަމަށްމެލޭޝިޔާގެ ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަންގެ ވެރިޔާ އަޒްހަރުއްދީންއަބްދުއް ރަހްމާން ވިދާޅުވިއެވެ. އެމްއެޗް 370 ހޯދުމުގެމަސައްކަތުގައި އިސް ދައުރެއް އަދާކުރަމުން ދަނީ އޮސްޓްރޭލިއާއިންނެވެ.

މޮޒަމްބީކް ކައިރިން ފެނުނު ބޮއިން 777 ގެ މަތިންދާ ބޯޓްގެ ބަޔަކީ،މެލޭޝިއަން އެއަރލައިންގެ ގެއްލިފައިވާ އެމްއެޗް 370ބައެއްކަން ކަށަވަރުވެއްޖެނަމަ މިއީ، އެމްއެޗް 370 ބައިތަކެއް ފެނުނު ދެވަނަ ފަހަރަށްވެގެންދާނެއެވެ. އެމްއެޗް 370ގެ ބައެއް ބައިތައް ވަނީ ރިޔޫނިއަން އައިލަންޑަށްވެސް ލައްގާފައެވެ. މި ބައިތަކުގެ ދިރާސާ އިން ވަނީ މިއީ އެ ފްލައިޓުގެ ބައެއްކަން ޔަގީންކުރެވިފައެވެ.

އެމްއެޗް 370 ގެއްލިފައ ވަނީ 2014 ވަނަ އަހަރުގެމާޗްމަހުގެ 8 ވަނަ ދުވަހު މެލޭޝިޔާގެ ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގަށް ދަތުރު ކުރަނިކޮށެވެ.

***********