ރައްޔިތުން މަޖިލީހުގެ ނާއިބް ރައީސް އިވާ އަބްދުﷲ އަށް ބިރު ދައްކާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. 
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މަޖިލީހުގެ ނާއިބް ރައީސް އިވާ އަބްދުﷲ ބިރު ދައްކާކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުންް މީހަކު ހައްޔަރުކުރީ މިރޭ 22:34ގައި ކަމަށެވެ. އަދި މި މީހާ މަޖިލީހުގެ ނާއިބް ރައީސަށް ބިރު ދައްކަމުން ގެންދިޔައީ އެކަމަނާގެ ދަރިފުޅުގެ ފޮޓޯއެއް ޓްވިޓަރގައި ބޭނުންކޮށްގެންކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއެވެ. 
އިވާއަށް ބިރު ދެއްކި މައްސަލާގައި މީހަކު ހައްޔަރުކުރި ނަމަވެސް އެމީހާގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.