ޚަބަރު

ދުވާފަރުގައި ހުއިފިލަނޑާ ނަގާ ދޯންޏެއްގައި ރޯވެ 3 މީހަކު ފިހިއްޖެ


  • ދުވާފަރުގައި ދޯންޏެއްގައި ރޯވެ 3 މީހުން ވަނީ ފިހިފައި

  • މި މީހުންނަށް މިވަގުތު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން

  • އަލިފާން ރޯވީ ހުއިފި ލަނޑާ ނަގާ ދޯންނެއްގައި

ރ.ދުވާފަރުގައި ދޯންޏެއްގައި ރޯވެ، 3 މީހުން ފިހިއްޖެއެވެ.

ރ.ދުވާފަރު ކައުންސިލް މެންބަރަކު ވިދާޅުވީ، ރޯވެފައިވަނީ ހުއިފިލަނޑާ ނަގާ ދޯންޏެއްގައެވެ. އަދި މި ޙާދިސާ ހިނގި އިރު ދޯނި އޮތީ ރަށުގެ ފަޅުތެރޭ ސަރަޙައްދުގައެވެ.

ކައުންސިލުން މެންބަރަކު ވިދާޅުވީ، އަލިފާން ރޯވީ ދޯނި ސާފު ކުރަން އުޅުމުގެ ތެރޭގައިކަމަށެވެ. ޚަބަރު ލިބޭގޮތުގައި، އަލިފާން ރޯވީ އެ ދޯނީގައި ގެންގުޅުނު ކެމިކަލްތަކެއްގެ ސަބަބުންނެވެ.

މި ހާދިސާގައި، އެވަގުތު ދޯނީގައި ތިބި ތިން މީހުން ވަނީ ފިހިފައެވެ. އެމީހުން އިތުރުފަރުވާއަށް އުނގޫރުފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ. ކައުންސިލް މެންބަރު ވިދާޅުވީ އެމީހުން ހަށިގަނޑުގެ ވިއްސަކަށް އިންސައްތަ ފިހިފއިވާ ކަމަށް މަޢުލޫމާތު ލިބޭކަމަށެވެ.

ފިހުނު މީހުންގެ ތެރޭގައި ހިމެނެނީ ދުވާފަރަށް ނިސްބަތްވާ ދެ މީހުންނާއި، އަދި ރަށުން ބޭރު އިތުރު މީހެކެވެ.

މި ހާދިސާގައި، ރޯވި އުޅަނދުގެ އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ.