މުނިފޫހިފިލުވުން

"ވަފާތެރި ކެހިވެރިޔާ" މިއަހަރު ތެރޭ ސިނަމާތަކަށް އަންނަނީ


ދިވެހި އައު ފިލްމެއް ކަމަށްވާ "ވަފާތެރި ކެހިވެރިޔާ" މިއަހަރު ތެރޭ ސިނަމާތަކަށް އަންނާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ހާމަކޮށްފިއެވެ.

ފިލްމުގެ ކާސްޓުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކާއެކު ފިލްމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މެންދުރުފަހު ފުޑްބޭންކު ރެސްޓޯރަންޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރޮޑިއުސަރ މުޙައްމަދު އަބްދުﷲ ވިދާޅުވީ ދެކެދެކެވެސް ޕްރޮޑަކްޝަންގެ ފަރާތުން މިފަހަރު ކުރަމުން މިދާ މަސައްކަތަކީ އާއްމުން ބަލައިގަންނާނެ މަޤްބޫލު މަސައްކަތަކަށްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރ ޢަލީ ސީޒަން ބުނީ ހއ. ކެލާގައި ފިލްމުގެ ބޮޑު ބައެއް ޝޫޓްކުރުމަށް ހަމަޖެހިފައިވާ "ވަފާތެރި ކެހިވެރިޔާ"ގެ ބައެއް މަންޒަރުތައް ކެލާ ކައިރީގައިވާ ބައެއް ރަށުގައިވެސް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފިލްމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާތާ 3 މަހެއްހާ ދުވަސް ވެފައިވާއިރު، މާލޭގައި ނެގުމަށް ހަމަޖެހިފައިވާ މަންޒަރުތަކުގެ، ގާތްގަނޑަކަށް 15 އިންސައްތަ ނަގައި ނިމުމަކަށް އައިސްފައިވާ ކަމުގައެވެ.