ވިޔަފާރި

މޯބައިލް ނެޓްވޯކް ބަދަލުކުރެވޭ ޚިދުމަތް


މޯބައިލް ފޯނުގެ ނަންބަރު ބަދަލުނުކޮށް، ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ޚިިދުމަތް ދިރާގާއި އުރީދޫން މިއަދު ދޭން ފަށައިފިއެވެ. 

މިއާއެކު އުރީދޫގެ ކަސްޓަމަރަކަށް ނަމްބަރު ބަދަލުނުކޮށް ދިރާގުގެ ކަސްޓަމަރަކަށްވުމުގެ އިޚްތިޔާރު ލިބިގެންދެއެވެ. އަދި ދިރާގުގެ ކަސްޓަމަރުންނަށްވެސް ނަމްބަރު ބަދަލު ނުކޮށް އުރީދޫގެ ކަސްޓަމަރަކަށް ބަދަލުވުމުގެ އިޚްތިޔާރު ލިބިގެންދެއެވެ.

ނަންބަރު ޕޯޓެބިލިޓީގެ ޚިދުމަތް މިއަދު ފަށާފައިވާއިރު، ނަންބަރު އެގޮތަށް ބަދަލު ކުރެވޭނީ އެ ނަންބަރެއް ބޭނުންކުރާތާ 90 ދުވަސް ވެފައިވާ އަދި މިހާރުވެސް އެކްޓިވް ނަންބަރުތަކަށެވެ. އަދި މި ޚިދުމަތް ހޯދާ ފަރާތަކީ އެ ނަންބަރަކުން ދައްކަން ޖެހޭ ހުރިހާ ބިލެއް ދައްކައި ޚަލާސްކޮށްފައިވާ ފަރާތަކަށްވެސްވާން ޖެހެއެވެ.

އެ ޚިދުމަތް ހޯދުމަށް "ޕޯޓު" ޖެހުމަށް ފަހު 234 އަށް އެސްއެމްއެސް އެއް ކުރުމުން ލިބޭ ކޯޑާ އެކު ފޯމެއް ފުރުމަށްފަހު ޙިދުމަތަށް ހުށަހަޅުމުން 2 ދުވަހުގެ ތެރޭ ނެޓްވޯކު ބަދަލު ކޮށްދެވޭނެއެވެ. މޯބައިލް ޕޯޓަބިލިޓީގެ ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނަގާނެއެވެ.