ދުނިޔެ

އިސްރާއީލަށް އަމާންކަން ހޯދަދިނުމަކީ އެމެރިކާ ގެންގުޅޭ ސިޔާސަތު


އިސްރާއީލަށް އަމާންކަމާއި ރައްކާތެރިކަން ހޯދައި ދިނުމަކީ މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުގެ އަސާސް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހުޅަނގު އައްސޭރީގެ ރާމަﷲ އަށް ވަޑައިގެންނެވުމުގެ ކުރިން، އިސްރާޢީލަށް ކުރެއްވި ދަތުރުފުޅެއްގައި އިސްރާއީލުގައި ދެއްވި ބަޔާނެއްގައެވެ. ބައިޑެން ވަނީ ހުޅަނގު އައްސޭރީގެ ރާމަﷲ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ބައްދަލުކުރައްވާފައެވެ. މި ދެ ބޭފުޅުންގެ ރަސްމީ މަޝްވަރާތައް ބިނާކުރެއްވީ އިސްރާއީލާއި ފަލަސްތީނާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓުވޭނެ ގޮތްތަކާއި ބެހޭގޮތުންނާއި އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށޭނެ މާޙައުލެއް ޤާއިމްކުރުމާ ބެހޭގޮތުން ކަމަށް ޚަބަރު ލިބެއެވެ.

ބައިޑެން ފަލަސްތީނަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ޓެލްއަވީވުގައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާ ބައްދަލުކުރައްވާފައެވެ.