ޚަބަރު

ރިޔާސީ އިންތިޚާބުގައި 604 ވޯޓުފޮށި ބަހައްޓަވަން ނިންމަވައިފި


  • ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9ގައި

  • އެންމެ ގިނަ ފޮށި ބަހައްޓަވާނީ މާލޭގައި

  • ރާއްޖެއިން ބޭރުގައި އެންމެ ގިނަ ވޯޓު ފޮށި ބަހައްޓަވާނީ ސްރީ ލަންކާގައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 604 ވޯޓު ފޮށި ބެހެއްޓެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. އެކޮމިޝަނުން ވިދާޅުވީ، ވޯޓުލާތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުން އެ ޢަދަދަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި މާލެ ސިޓީގައި އެކަނިވެސް 61 ވޯޓު ފޮށި ބެހެއްޓެވުމަށް ނިންމާފައިވާކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް 77 ވޯޓުފޮށި ބެހެއްޓެވުމަށް ނިންމަވައިފައެވެ އަދި ރާއްޖެއިން ބޭރުގެ 8 ޤައުމެއްގައި 13 ވޯޓުފޮށި ބެހެއްޓެވުމަށް ނިންމާފައެވެ.

ވޯޓުފޮށި ބަހައްޓާ ސަރަހައްދުތަކާއި ޢަދަދު:

މާލޭސިޓީ ރައްޔިތުންނަށް - 61 ވޯޓު ފޮށި
މާލޭސިޓީ އަތޮޅުތަކުގެ ރައްޔިތުންނަށް - 77 ވޯޓު ފޮށި
ހުޅުމާލެ ފޭސް 1 މާލޭސިޓީ ރައްޔިތުންނަށް - 6 ވޯޓު ފޮށި
ހުޅުމާލެ ފޭސް 1 އަތޮޅުތަކުގެ ރައްޔިތުންނަށް - 16 ވޯޓު ފޮށި
ހުޅުމާލެ ފޭސް 2 މާލޭސިޓީ ރައްޔިތުންނަށް - 1 ވޯޓު ފޮށި
ހުޅުމާލެ ފޭސް 2 އަތޮޅުތަކުގެ ރައްޔިތުންނަށް - 16 ވޯޓު ފޮށި
ވިލިމާލެ، މާލޭސިޓީ ރައްޔިތުންނަށް - 6 ވޯޓު ފޮށި
ވިލިމާލެ، އަތޮޅުތަކުގެ ރައްޔިތުންނަށް - 4 ވޯޓު ފޮށި
އަތޮޅުތަކުގައި - 319 ވޯޓު ފޮށި
ރިސޯޓުތަކުގައި - 78 ވޯޓު ފޮށި
މާފުށީ ޖަލުގައި - 2 ވޯޓު ފޮށި
އައްސޭރި ޖަލުގައި - 1 ވޯޓު ފޮށި
ހުޅުމާލެ ޖަލުގައި - 1 ވޯޓު ފޮށި
ދޫނިދޫގައި - 1 ވޯޓު ފޮށި
ހުޅުލޭގައި - 1 ވޯޓު ފޮށި
ތިލަފުށީގައި - 1 ވޯޓު ފޮށި
އިންޑިޔާގެ ޓްރިވެންޑްރަމްގައި - 1 ވޯޓު ފޮށި
އިންޑިޔާގެ ނިވްދިއްލާގައި - 1 ވޯޓު ފޮށި
މެލޭޝިޔާ ކުއަލަލަމްޕޫރުގައި - 2 ވޯޓު ފޮށި
ސިންގަޕޫރުގައި - 1 ވޯޓު ފޮށި
ސްރީލަންކާ ކޮލަމްބޯގައި - 4 ވޯޓު ފޮށި
އިނގިރޭސި ވިލާތް ލަންޑަންގައި - 1 ވޯޓު ފޮށި
ތައިލެންޑް ބެންކޮކްގައި - 1 ވޯޓު ފޮށި
އެކުވެރި ޢަރަބި ޢިމާރާތް އަބޫދާބީގައި - 1 ވޯޓު ފޮށި
ޖަޕާން ޓޯކިޔޯގައި- 1 ވޯޓު ފޮށި

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަބުރުގެ ވޯޓުލުން ސެޕްތެމްބަރ 30ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.