ފުވައްމުލަކުގައި ރޭ މާރާމާރިއެއް ހިންގާ ވަރަށް ބޮޑު މީހަކު ޒަޙަލްކޮށްލި މައްސަލައާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ރޭ ދަންވަރު ފުވައްމުލަކުގައި ހިންގި މާރާމާރިއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނުން ހައްުޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކުންކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެމީހުންނާގުޅޭ އެއްވެސް ތަފްޞީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ރޭ 12:30 ހާއިރު ހިނގި މާރާމާރީގައި ޒަޚަމްވި 36 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބި. ޙާލު ސީރިއަސްކަމުން އޭނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައިކަމަށް ފުވައްމުލަކު ކައުންސިލުގެ އޮފިޝަލެއް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ.