ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ..
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޙައްޖުގެ އަޅުކަމަށް ސަޢުދީއަށްގޮސް ހުއްޓާ ނިޔާވީ ހއ. ކެލާ ސީސަންގެ އުމުރުން 81 އަހަރުގެ ޢަލީ ޤާސިމްކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އޭނާ ނިޔާވީ މަދީނާގެ ހޮޓަލުގައިކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. ޤާސިމް ޙައްޖުގެ އަޅުކަމަށްގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޙަވާލުގައެވެ.
މިއީ މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ މީހުންގެ ތެރެއިން ނިޔާވި 4 ވަނަ މީހާއެވެ.