ޚަބަރު

ލޯންޗެއްގައި ބެޓެރިއެއްގޮވައި 6 މީހަކަށް އަނިޔާވެއްޖެ


  • އުނގޫފާރުން މާލެއަށް ދަތުރުކުރި ލޯންޗެއް

  • ލޯންޗުން 39 މީހުން ދަތުރުކުރި

  • އަނިޔާވީ 6 މީހަކަށް

ލޯންޗެއްގައި ބެޓެރިއެއްގޮވައި 6މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރ.އަތޮޅު އުނގޫފާރުން މާލެއަށް 39 މީހުންނާއެކު ދަތުރުކުރި ލޯންޗެއްގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން 6 މީހަކަށް އަނިޔާވެފައިވާކަމަށެވެ. ނަމަވެސް އެމީހުން އަނިޔާވީ ކިހާވަރަކަށްކަމެއް އަދި ސާފެއް ނުވެއެވެ. އެމީހުން މިހާރު އެރިޔަދޫ ރިސޯޓަށް ގެންގޮސް އެރިސޯޓުގެ ކްލިނިކްގައި ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިންވިދާޅުވީ އެ ލޯންޗުވެސް މިހާރު އޮތީ އެރިޔަދޫގައިކަމަށެވެ.