ޚަބަރު

ވިލިމާލެއިން މީހަކު ގެއްލިގެން ހޯދަނި


  • ހޯދަމުން ދަނީ 53 އަހަރުގެ އަންހެނެއް

  • އޭނާ އެންމެ ފަހުން ފެނުނީ ޖޫން 30 ވަނަ ދުވަހުގެ އޭނާ ދިރިއުޅޭ ގެއިން

ވިލިމާލެއިން މީހަކު ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދުމުން، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން ވިދާޅުވީ، މ. އާޒާދީގުލްޝަން / އާޠިފާ ޢަބްދުﷲ (53އ) ގެއްލިފައިވާ ކަމަށް މިއަދު 10:25 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ 22:45 އެހައިކަންހާއިރުކަމާއި، އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އާޠިފާ ޢަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.