އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަން ވިލާގެ ކެޕްޓަން ޖޯން މެކްގިން، އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
މިގޮތުން މިފަހަރު އެއްބަސްވި އައު އެއްބަސްވުމުގެ ދަށުން އޭނާ 2027 ވަަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ކްލަބްގައި ހުންނާނެއެވެ.
ސްކޮޓްލަންޑަށް ނިސްބަތްވާ މެކްގިން ވިލާ އާއި ގުޅިފައިވަނީ 2018 ވަނަ އަހަރު ހިބަރނިއަން އިންނެވެ. 2019 ވަނަ އަހަރު ޗެމްޕިއަންޝިޕް ޕްލޭ އޮފްގައި ވިލާ ޕްރިމިއަރ ލީގަށް ޕްރޮމޯޓްކޮށްދިން ލަނޑު ޖަހާދީފައިވަނީވެސް މެކްގިންއެވެ. އަދި އޭގެ ފަހުން ޕްރިމިއަރ ލިގުގައި މެކްގިން އަންނަނީ ވިލާގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ވިލާއިން އެޓީމްގެ ކެޕްޓަންކަން މެކްގިންއަށް ހަވާލުކޮށްފައިވަނީ މިދިޔަ ސީޒަން ފެށުން ތަނާއެވެ.
މިދިޔަ ސީޒަންގައި އޭނާ ވަނީ ވިލާއަށް 36 މެޗް ކުޅެދީފައެވެ. އަދި މިއަންނަ ސީޒަންގައި ޔޫރަޕްގައި ކުޅުމުގެ ފުރުސަތު ވިލާއިން ހޯދުމުގައި މެކްގިންގެ ދައުރު ވަރަށް ބޮޑެވެ. މިއީ 2010-2011 ވަނަ އަހަރުގެ ސީޒަނަށްފަހު ޔޫރަޕްގެ މުބާރާތެއްގައި ވިލާ ވާދަކުރާ ފުރަތަމަ ފަހަރެވެ.
ވިލާއިން އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި އެކްލަބުން މެކްގިން އެކްލަބަށް ގެނައިގެނައުން މިއީ ރަނގަޅު ވިޔަފާރިއެއްގެގޮތުގައި ސިފަކޮށްފައެވެ. އަދި ކްލަބާއި ގުޅުމާއެކު އޭނާ ޓީމަށް ހޭނުނުލެއް އަވަސް ކަމާއި ކްލަބްގެ ސަޕޯޓަރުންގެ ފުރިހަމަ ލިބިފައިވާ ކެޕްޓަނެއް ކަމުގައި ސިފަކޮށްފައިވެއެވެ.