ޚަބަރު

އާކް އިން ސީއެޗްއެސްއީގެ ދަރިވަރުންނަށް މަޢުލޫމާތުދީފި


ދެ ޖިންސުގެ ހަމަހަމަކަން ރާއްޖޭގައި ފުރިހަމައަށް ޤާއިމުކުރުމާއި ބެހޭ ގޮތުން ސީއެޗްއެސްއީގެ ދަރިވަރުން ހޭލުންތެރިކުރުމަށް ޔުނިސެފާއި އާކް ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރާއި ގުޅުވައިގެން، ކުރީގެ ދަރުމަވަންތަ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޒެނީޝާ ޒަކީ ވިދާޅުވީ، އަންހެނުންނަށް ތަޢުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމާއި، އަންހެންކުދިން ބާރުވެރިކުރުމަކީ މުޅި މުޖުތަމަޢަށް އޭގެ މަންފާ ކުރާނެ ކަމެއް ކަމަށެވެ. އަދި އަންހެނުންނަށް ތަޢުލީމު ދިނުން މުހިއްމު ވަނީ، މުޖުތަމަޢަކީ ތަހުޒީބު ތަނަކަށް ބަދަލުކޮށް، ޤައުމުގެ ސިޔާސަތު ކަނޑައަޅާ މަޤާމުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ކަމަށް ޒެނީޝާ ވިދާޅުވިއެވެ.މި މަސައްކަތު ބައްދަލުވުމުގައި މިއަަހަރުގެ އަންހެނުންގެ ދުވަހަށް ޚާއްސަކޮށްފައިވާ ޝިޢާރާ ގުޅޭގޮތުން އާކްގެ ޑިރެކްޓަރ މުރުތަޟާ މޫސާ ދެއްވި ޕްރެޒެންޓޭޝަނެއްގައި ވަނީ އދ.ގެ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަންހެނުން އަދާ ކުރާ މުހިއްމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވާ މި މަސައްކަތްތައް ހަލުވިމިނެއްގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން،، މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އާކްގެ ފަރާތުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށްގެންދަން ނިންމާފައެވެ. އެގޮތުން ސީ.އެޗް.އެސް.އީގައި ތަޢުލީމު ހާސިލްކުރަމުންދާ 500 ދަރިވަރުންނަށް އަމާޒުކޮށްގެން ރީތި އާދަތައް ދަސްކޮށްދޭ ޕްރޮގްރާމަކާއި، ފުރާވަރު އަންހެންކުދިންނަށް މުސްތަޤުބަލު ބިނާކުރާނެ ގޮތް ދަސްކޮށްދޭ ޕްރޮގްރާމެއްވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އާކުން މަޢުލޫމާތުދެއެވެ.