ކުޅިވަރު

މަނާ ބޭހަށް ޝަރަޕޯވާ ޕޮޒިޓިވް ވެއްޖެ


މަޝްހޫރު އަންހެން ޓެނިސް ކުޅުންތެރިޔާ މާރިޔާ ޝަރަޕޯވާކުޅިވަރުގައި ބޭނުންކުރުން މަނާ ބޭހަކަށް ޕޮސިޓިވްވެއްޖެއެވެ. 

ޝަރަޕޯވާ މަނާބޭހަކަށްޕޮޒިޓިވްވިކަން އިއުލާންކުރީ އޭނާ އަމިއްލައަށް އިއްޔެ އޮތް ނޫސްވެރިންގެބައްދަލުވުމެއްގައިއެވެ. 

ނޫސްވެރިންނާއި ވާހަކަދައްކަމުން ޝަރަޕޯވާ ބުނީ އޭނާޕޮސިޓިވްވި މަނާ ބޭސްކަމަށްވާ މެލްޑޯނިއަމްއަކީ މީގެ ދިހަ އަހަރު ކުރިން ފެށިގެންއޭނާ ބޭނުންކުރަމުން އަންނަ ބޭހެއްކަމަށެވެ. މި ބޭހަކީ ކުރިން މަނާ ބޭހެއްގެގޮތުގައި ލިސްޓްކޮށްފައިވާ ޑްރަގެއް ނޫންކަމަށާއި، އެ ލިސްޓަށް މި ބޭސް އިތުރުކުރީމިއަހަރު ޖެނުއަރީ މަހުކަމަށެވެ. އަދި އޭނާއަށް އެކަން ނޭނގޭކަމަށާއި، އެހެންކަމުންމަނާ ބޭހަށް އޭނާ ޕޮސިޓިވް ވެގެންދިޔުމަކީ އޭނާއަށްވެސް ލިބުނު ބޮޑުސިހުމެއްކަމަށް ޝަރަޕޯވާ ބުންނެވެ. 

މަނާ ބޭހަށް ޕޮސިޓިވް ވުމުގެ ސަބަބުން އޭނާއަށްސަސްޕެންޝަނެއް އަންނާނެކަމަށްވަނީ ބެލެވިފައި. އެހެންނަމަވެސް އެ ސަސްޕެންޝަންގެމުއްދަތު އަދި ބުނަން ދަތިކަމަށް ޝަރަޕޯވާ ބުންޏެވެ. 

"އަހަންނަށް އެނގިގެންވީކަމެއް ނޫން މީ، އަަހަރެންވެސް މިހިރީ ސިހުމެއްގެ ތެރޭގައި، މި ބޭހަކީ މީގެ ދިހަ އަހަރުކުރިންވެސް އަހަރެންގައިގައި ހުރި ބައްޔަކަށް ޑޮކްޓަރުގެ ބޭސް ސިޓީއަށް އަހަރެން ބޭނުންކުރާ ބޭހެއް. މިއަހަރު މާނާ ބޭސް ލިސްޓަށް އެރި ބޭހެއްކަމަށްވަނީ" ޝަރަޕޯވާ ބުންޏެވެ.

ކުރިން ދުނިޔޭގެ އެއްވަނައަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައިވެސްހުރި ޝަރަޕޯވާވަނީ ފަސް ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި އޭނާއަކީ މިދިޔަ އެގާރަ އަހަރު ފޯބްސްއެކުލަވާލާ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން އެތްލީޓްކަންވެސްފާހަގަކޮށްލެވެއެވެ.