ކުޅިވަރު

އެކުވެރިކަމުގެ މެޗެއްގައި ގިނީ އަތުން ބްރެޒިލަށް މޮޅެއް


ގިނީއާ ދެކޮޅަށް ކުޅުނު ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗު ބްރެޒިލުން ކާމިޔާބުކޮށްފިއެވެ.

ސްޕެއިންގެ ބާސެލޯނާގައި ކުޅުނު މިމެޗް ބްރެޒިލް ކާމިޔާބުކުރީ ފަސޭހަކަމާއެކު 4 ލަނޑު އެއްލަނޑުންނެވެ.

ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއްފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި އެޓީމުން ލާފައިވަނީ ކަޅުކުޅައިގެ ޖަރޒީއެކެވެ. މިއީ ބްރެޒިލްއިން ތަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް ކުރިއަށް ގެންދާ ކެމްޕެއިންގގެ ދަށުން ކުރި ކަމެކެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހާ އެޓީމަސް ލީޑު ނަގާދީފައިވަނީ ބްރެޒިލްގެ ޖަރޒީގައި މުޅިން އަލަށް ކުޅެމުންދިޔަ ޖޯލިންޓަންއެވެ. އަދި މެޗްގެ 30 ވަނަ މިނެޓްގައި ރޮޑްރިގޯވަނީ ލަނޑެއް ޖަހާ ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗްގައި ގިނީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހާދިނީ ސަރހޫ ގުރާސީއެވެ. މިމެޗްގައި ބްރެޒިލްގެ ތިންވަނަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ އެޑަރ މިލިޓާއޯއެވެ. އަދި ބްރެޒިލްގެ ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހާދިނީ ވިނީޝިއަސް ޖޫނިއަރއެެވެ.

މިމެޗް ފެށުމުގެ ކުރިން ދެޓީމްގެ ކުޅުންތެރިން ވަނީ ނަސްލީ ތަފާތު ކުރުން ހުއްޓުވުމަށް ގޮވާލާ ބެނަރގެ ފަހަތުގައި ހުއްޓި މިކަމގެ މުހިންމު ހާމަކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ.