ޚަބަރު

ފަހާ ކޯހުގެ ދެވަނަބުރު މާފުށީ ޖަލުގައި ފަށައިފި


އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ފަރާތުން ގައިދީންނަށް އަމާޒުކޮށްގެން ފަރުމާކުރި "ސެޓްފިކެޓް 1 އިން ބޭސިކް ސްވިންގ" ކޯހުގެ ދެވަނަ ބެޗް މާފުށި ޖަލުގައި ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މާފުށީ ޖަލުން 19 ގައިދީންނާއި އައްސޭރި ޖަލުން ގައިދީއަކު ބައިވެރިވެފައިވާ މިކޯހަކީ އެމްކިއުއޭގައި ރަޖިސްޓްރީ ކޮށްގެން 5 ހަފްތާގެ މުއްދަތަށް ހިންގާ ކޯހެއް ކަމަށެވެ. ޖުމްލަ 20 ގައިދީން ބައިވެރިވެފައިވާއިރު ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެން ކުލާހެއްގައި 10 ގައިދީން ހިމެނޭ ގޮތަށް ކަމަށް ކަރެކްޝަނަލް ސާރވިސް އިން މައުލޫމާތުދެއެވެ.

ކަރެކްޝަނަލް ސާރވިސް އިން ބުނީ އައިކޯސްޓް އިން މިހާރުވެސް އިތުރު ފަހާކޯހެއް ކުރިއަށްގެންދާ ކަމަށާއި މިކޯހުގައި ބައިވެރިވެފައިވަނީ 20 ގައިދީންކަމަށެވެ.