ވިޔަފާރި

ނ. މާފަރުގައި ލޯކަލް ޓޫރިޒަމަށް ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު


ނ. މާފަރުން ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިގޮތުން 52,528 އަކަފޫޓުގެ 5 ބިމެއް ލޯކަލް ޓޫރިޒަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ނ. މާފަރު ކައުންސިލް އިދާރާއިން މައުލޫމާތުދެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މާރޗް 24 ވަނަ ދުވަހުގެ ކުރިން އެ އިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވަން ޖެހޭނެ ކަމަށާއި އަދި ބިންތައް ދޫކުރުމުގައި އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތަކަށް އިސްކަންދެވޭނެ ކަމަށް ނ. މާފަރު ކައުންސިލް އިދާރާއިން މައުލޫމާތުދެއެވެ.