ކުޅިވަރު

އެމްބީއޭ ކަޕް ބާސްކެޓް މުބާރާތް ދެވަނަ މެޗް ދަ ގޭންގަށް


މިހާރު ކުރިއަށްދާ 2ވަނަ އެމްބީއޭ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ ދެވަނަ މެޗް ދަ ގްރޭންޑް އަމިގޯސް ނިއު ޖެނެރާޝަން ( ދަ ގޭންގް )ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅުނު މި މެޗް ދަ ގޭންގް ކާމިޔާބުކުރީ މައްޗައްގޯޅި ވޮމެންސް ޔޫތް އެންޑް ސްޕޯޓްސް ކްލަބްގެ މައްޗަށް 33 ޕޮއިންޓް 46 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަ ގޭންގްއަށް 17 ޕޮއިންޓް ހޯދައިދިން އައިމިނަތު ޝިއުރާއެވެ. މި މުބާރާތުގެ ފުރަތަމަ މެޗް ކާމިޔާބުކުރީ ޓީރެކްސް ސްޕޯޓްސް އެކަޑަމީއެވެ. މި މެޗް ޓީރެކްސް އެކަޑަމީ ކާމިޔާބުކުރީ ހަރިކޭން ބީސީއާ ވާދަކޮށް 26 ޕޮއިންޓް 63 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީރެކްސްއަށް 22 ޕޮއިންޓް ހޯދައިދިން ނަޝްފާ އާމިރާއެވެ.