ޚަބަރު

ޔާމިންގެ ޖަލު ހުކުމުގެ އިސްތިއުނާފު ބުދަދުވަހު ފަށަނީ


ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ފެށުމަށް ހައިކޯޓުން ތާވަލުކޮށްފިއެވެ. މި މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކުރެއްވީ ޔާމީންގެ ފަރާތްޕުޅުންނެވެ.

ދަށުކޯޓުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިއްވި ހުކުމުގައި ރައީސް ޔާމީން ޖަލަށް ލުމުގެ އިތުރު ލޯންޑަރކުރި 52 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

ޢިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ހައިކޯޓުން ނިންމަފައިވަނީ އަންނަ ބުދަދުވަހުއެވެ.

ވ. ޢާރަށުގެ މައްސަލައިގެ އިތުރުން ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފި ކުށުގައި ޔާމީންގެ މައްޗަށް ދައުވަ ކުރާ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލްކޯޓުގައި އަންނަނީ ހިނގަމުންނެވެ. މި މައްސަލާގައި ދައުލަތުން ކުރާ ދައުވާގައިވަނީ ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަގާ އެ ފައިސާ ސަން ސިޔާމްގެ 2 ކުންފުންޏެއް މެދުވެރިކޮށް ލޯންޑަރކޮށްފައިވާކަމަށެވެ.

ޢަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީން ޓިކެޓް ދީފައިވަނީ ޔާމީނަށެވެ. ޢެހެންނަމަވެސް މިހާރު ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށްވަނީ ހަނިވެފައެވެ.