ކުޅިވަރު

މެލޭޝިޔާ ބަލިކޮށް، މެލޭޝިޔާ މުބާރާތުގެ 3 ވަނަ ރާއްޖެއަށް


މެލޭޝިޔާގައި މިހާރުކުރިއަށްދާ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ 3 ވަނަ ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ޓީމް ހޯދައިފިއެވެ. ރާއްޖެ 3 ވަނަ ހޯދީ މެލޭޝިޔާގައި މެލޭޝިޔާ ބަލިކޮށްގެންނެވެ.

ތިންވަނަ ކަނޑައެޅުމަށް ކުޅުނު މެޗުގައި ކީގެ ކުޑައިރުކޮޅެއް ކުރިން ރާއްޖެ މެލޭޝިޔާގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ރާއްޖެ މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 27-25 އަދި 25-19 ނެވެ. މިމެޗުގައި ރާއްޖެއިން ވަރަށް ރަނގަޅަށް ކުޅުނުކަމަށް ޓީމާއެކު މެލޭޝިޔާގައި ހުރި ޕީއެސްއެމްގެ ޖަރނަލިސްޓް މުޙައްމަދު ރިފްއަތު ބުންޏެވެ. ލީގު އުޞޫލުން ކުޅެ ނިމުނުއިރު ރާއްޖެ އޮތީ 4 ވަނައިގައެވެ. ލީގުގެ އެއްވަނައާއި، ދެވަނަ ދަތުރުކުރީ މުބާރާތުގެ ފައިނަލްއަށެވެ. ލީގުގެ ތިންވަނަ ހޯދި މެލޭޝިޔާއާއި ހަތަރުވަނަ ހޯދި ރާއްޖެ ވާދަކުރީ މުބާރާތުގެ ތިންވަނަ ކަނޑައެޅުމަށެވެ. ލީގު ބުރުގައި މެލޭޝިޔާ އަތުން 3 ސެޓް 2 ސެޓުން ރާއްޖެ ބަލިވިއެވެ. ނަމަވެސް މިއަދު މޮޅުވުމުން މުބާރާތުގެ ތިންވަނަ ޓީމަކީ ރާއްޖެއެވެ.

މުބާރާތުގައި ވާދަކުރީ 6 ޓީމެވެ.