ކުޅިވަރު

ވުލްވްސްގެ ކޯޗުގެ މަގާމުގައި ލޮޕެޓެގީ ދެމިހުންނާނެ ކަމާމެދު ސުވާލު އުފެދިއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގެ ވުލްވްސްގެ ކޯޗު ހޫލެން ލޮޕެޓެގީ، އެ މަގާމުގައި ދެމިހުންނާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ލޮޕެޓެގީގެ މުސްތަގްބަލާމެދު ސުވާލު އުފެދިގެން ގޮސްފައިވަނީ ވުލްވްސްއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުންނެވެ.

ލޮޕެޓެގީ މިދިޔަ ހަފްތާގައި ހާމަކުރިގޮތުގައި އިންވެސްޓް ނުކޮށް ޕްރިމިއަރ ލީގުގައި ވާދަކުރުމަކީ އުނދަގޫ ކަމެކެވެ. އަދި ކްލަބަށް ދިމާވެފައިވާ ފައިނޭންޝިއަލް ފެއަރ ޕްލޭގެ މައްސަލައިގެ ކަންތައްތައް އޭނާއަށް އެނގިފައިވަނީ ވަރަށް ފަހުން ކަމަށެވެ. ލޮޕެޓެގީ އެކްލަބްގައި މަޑުކުރާނެތޯ ނުވަތަ ނޫންކަން އެނގިގެންދާނީ މިހަފްތާގައި އޭނާ އާއި ކްލަބްގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ ތަކަށް ފަހު ކަމަށް ބައެއް މީޑިއާތަކުން އަންނަނީ ހާމަކުރަމުންނެވެ. ލޮޕެޓެގީ ކްލަބާއި ހަވާލުވިއިރު އެއްބަސްވިގޮތަށް ކުޅުންތެރިން ހޯދާދެވިފައިނުވުމާއި ފައިނޭންޝިއަލް ފެއަރ ޕްލޭއަށް އަމަލު ކުރުމުގެ ގޮތުން ބައެއް ކުޅުންތެރިން ވިއްކާލަން ޖެހުމަކީ އޭނާގެ މުސްތަގްބަލާމެދު އެންމެ ބޮޑަށް ސުވާލު އުފެދޭ އެއްކަންތައްކަމަށްވެއެވެ.

ކުރިން ސްޕެއިން ޤައުމީ ޓީމާއި އަދި ރެއާލް މެޑްރިޑަށް ކޯޗް ކޮށްދީފައިވާ ލޮޕެޓެގީ ވުލްވްސްގެ ކޯޗް ކަމާއި ހަވާލުވުމަށްފަހު ވަނީ އެކްލަބް ރެލިގޭޝަނުން ސަލާމަތް ކޮށްދީފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައި އޭނާ ކްލަބާއި ހަވާލުވިއިރު ވުލްވްސް އޮތީ ތާވަލްގެ އެންމެ ފުލުގައެވެ. މިއާއެކު ވުލްވްސް ވެފައިވަނީ ޑިސެމްބަރު މަހުގެ ފަހު ކޮޅަށް އައިއިރުވެސް ތާވަލްގެ ފުލުގައި އޮވެ ރެލިގޭޝަނުން ސަލާމަތްވި ހަތަރުވަނަ ކްލަބަށް ވެގެން ގޮސްފައެވެ. ލޮޕެޓެގީ ވަނީ އޭނާގެ ބެލުމުގެ ދަށުން މިހާތަނަށް ކުޅުނު 22 މެޗުން 9 މެޗް ކާމިޔާބުކޮށް ތާވަލްގެ 13 ވަނައަށް އެޓީމް ކުރިއަށް ޖައްސަދީފައެވެ.