މުނިފޫހިފިލުވުން

"އާރްއާރްއާރް" އިން ފެނުނު ރޭ ސްޓީވެންސަން މަރުވެއްޖެ


މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާ ފިލްމު "އާރްއާރްއާރް" އިން ފެނުނު ތަރި ރޭ ސްޓީވެންސަން އުމުރުން 58 އަހަރުގައި މަރުވެއްޖެއެވެ.

އޭނާ މަރުވީ އިޓަލީގައި ފިލްމެއްގެ ޝޫޓިންކުރިއަށް ގެންދަނިކޮށް ކުއްލިއަކަށް ބަލިވެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. "އާރްއާރްއާރް" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ވެސް ބުނީ ރޭގެ މަރުގެ ޚަބަރުވީ ވަރަށް ބޮޑު ޝޮކަކަށް ކަމަށެވެ.

އުތުރު އަޔަރލޭންޑުގެ ލިސްބާންއަށް އުފަން ސްޓީވެންސަންއަކީ އާއިލާގެ ތިން ބެއިންގެ ތެރެއިން މެދަށް ހުންނަ މީހާއެވެ. އުމުރުން އަށް އަހަރުގައި އިންގްލޭންޑަށް ބަދަލުވެ އޭނާ ތައުލީމް ހާސިލްކޮށްފައި ވަނީ ބްރިސްޓޯލް އޯލްޑް ވީއައިސީ ތިއޭޓަރ ސްކޫލްގައެވެ. އުމުރުން 29 އަހަރުގައި ގްރެޖުއޭޓްވެ އޭނާ ވަނީ އޭގެ ފަހުން އެކްޓިންގގެ ދާއިރާއަށް ނުކުމެފައެވެ.

ރޭ ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 1998 ވަނަ އަހަރު ނެރުނު "ދަ ތިއޮރީ އޮފް ފްލައިޓް"، "ޕަނިޝާ:ވާ ޒޯން، މާވެލްސް ތޯ މޫވީ", "ކިލް ދަ އައިރިޝް މޭން" "ޖީ އައި ޖޯ: ރީޓަލިއޭޝަން" އަދި "ތޯ: ރެގްނަރޮކް" ހިމެނެއެވެ.

އާރްއާރްއާރްގައި މަސައްކަތް ކުރުމަށްފަހު އޭނާ ދެން ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "އެކްސިޑެންޓް މޭން:ހިޓްމޭންސް ހޮލިޑޭ" ހިމެނެއެވެ. "ރޯމް"، "ވައިކިންގްސް" އަދި "ޑެކްސްޓާ" ފަދަ ބޮޑެތި ޓީވީ ސިލްސިލާތަކުންވެސް ރޭ ވަނީ ފެނިފައެވެ.