ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދަށުން ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ތިޙްނާން އިންވެސްޓްމެންޓާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މަސައްކަތް ފަށާތާ، 44 ދުވަހުގެ ތެރޭގައި ދަނޑުގައި ލައިޓް ހަރުކޮށް ނިންމަން ޖެހޭ ގޮތަށެވެ.
މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ މިލިޔަން ފަސްލައްކަ ހަތްދިހަ އަށްހާސް ތިންސަތޭކަ ސައުވީސް ރުފިޔާ އެގާރަ ލާރި ޚަރަދުކޮށްގެން ކުރިިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.