މުނިފޫހިފިލުވުން

ޕަރިނީތީގެ ކައިވެނި އަންނަ އޮކްޓޫބަރުގައި


މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ކުލަގަދަ ހަފުލާއެއްގައި އެންގޭޖްވި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ ކައިވެނި ކުރާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުން ޕަރިނީތީ އާއި ލޯބިވެރިޔާ ރާގަވްގެ ކައިވެނީގެ ހަފުލާ ވެސް ބާއްވާނީ ވަރަށް ކުލަގަދަކޮށެވެ. އެންގޭޖްމެންޓު ހަފްލާގައި ޕަރިނީތީގެ ދެބެންގެ ދެ ދަރި އަދި ބޮލީވުޑާއި ހޮލީވުޑްގެވެސް ބަތަލާ ޕްރިޔަންކާ ޗޯޕްޅާވެސް ވަނީ ބައިވެރިވެފައެވެ.

ޕަރިނީތީ އާއި ރާގަވްގެ އެންގޭޖްމަންޓް ހަފުލާ ބޭއްވީ އިންޑިއާގެ ނިއު ދިއްލީގައެވެ. އަދި ކައިވެނީގެ ހަފުލާ ބާއްވާނީ ދިއްލީ ނުވަތަ ރާޖަސްތާނުގައި ކަމަށް މީޑިއާތަކުން ބުނެއެވެ.

ރާގަވް އަކީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދްމީ ޕާޓީ، އާޕް އަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެއެވެ.